
ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ވޯޓު ހޯދައިގެން ރައީސްކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 3 ހަފްތާ ނިމެންދާ އިރު ދައުލަތުގެ ހަރަދު 500 މިލިއަނުން މައްޗަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރ 17 އިން ފެށިގެން މިހާތަނަށް ދައުލަތުގެ ހަރަދު މިވަނީ 500 މިލިއަނުން މަތީގައެވެ.
މުއިއްޒުގެ ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެކަނިވެސް ވަނީ 23 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ދޮޅު ގަޑިއިރުގެ އިވެންޓަކަށް މުއިއްޒު 23 މިލިއަން ރުފިޔާ ހޭދަކުރި އިރު އެ އިވެންޓަކީ ބޮޑު ހަރަދަކާއި ނުލައި މަޖްލިސް އިދާރާގައި ބޭއްވެން އޮތް ހަފްލާއެކެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 3 ދުވަހުގެ ތެރޭގައި ވަނީ 100 މިލިއަން ހަރަދުކޮށްފައެވެ.
މިގެ އިތުރުންވެސް ބޮޑު ވަފްދަކާއި އެކު ތުރުކީ އަދި ޔޫއޭއީއަށް މުއިއްޒު ކުރެއްވި ދަތުރުގައިވެސް ވަނީ މިލިއަނުން ފައިސާ ހަރަދުކޮށްފައެވެ.
ފާއިތުވި 24 ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އެކަނިވެސް ސަރުކާރުން ވަނީ 101 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ސަރުކާރުގެ ހަރަދު ކުޑަކުރައްވާނެ ކަމަށް ވިދާޅުވެ ދޮގު ހަދައިގެން ވެރިކަމަށް ވަޑައިގެން ސަރުކާރުގެ މިނިސްޓްރީތަކަށް އެތައް ބަޔަކު އައްޔަން ކުރައްވާ އިރު ގިނަ މީހުންނަކީ ތަޖްރިބާއެއް އެއްވެސް ކޮލިޓީއެއް ނެތް މީހުންނެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަން ކުރަމުން އަންނަނީ މުއިއްޒު އާއި އަދުރޭގެ ގާތްތިމާގެ މީހުންނެވެ.