ސިޔާސީ މަގާމު މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރައްވާނެކަމަށް ވިދާޅުވެ ދޮގާއި މަކަރުން ވެރިކަން ހޯދި ސަރުކާރުގެ މަތި ބަރުވަމުން ގޮސް އަމިއްލަ ބޮލަށް ވެއްޓޭ ހިސާބަށް ސަރުކާރުގެ މަތި ބަރުވާން ފަށައިފިއެވެ.
މުއިއްޒުގެ ސަރުކާރުން މިހާތަނަށް ޑެޕިއުޓީ މިނިސްޓްރުންނާއި ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި އެތައް ބަޔަކު އައްޔަންކޮށްފައިވާ އިރު ވަޒީރުންގެ ފެންވަރުގައިވެސް އެތައް ބަޔަކަށް ވަނީ ވަޒީފާދީފައެވެ. މިހާތަނަށް ނައިބު ވަޒީރުންގެ ގޮތުގައި 70 އަށް ވުރެ ގިނަ މީހުންނަށް ވަނީ މަގާމުދީފައެވެ.
ރައީސް އޮފީހުގެ ވަޒީރުންނާއި ކެބިނެޓު ވަޒީރުންގެ އަދަދު 33 އަށް ވުރެ މައްވަށް ވަނީ އަރާފައެވެ. މުއިއްޒު ސަރުކާރުގެ އެވްރެޖް މުސާރަ 60000 ރުފިޔާއަށް އަރާއިރު ރައީސް ސޯލިހުގެ ސަރުކާރުގައި މިނިސްޓްރީތަކަށް ގިނައިން އައްޔަންކޮށްފައިވަނީ ކޯޑިނޭޓަރުންނެވެ. އެމީހުންގެ މުސާރައަކީ ގާތްގަޑަކަށް 18,000 ރުފިޔާއެެވެ.
މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކަށް ގިނަ ބަޔަކު އައްޔަން ކުރުމާއި ގުޅިގެން އާއްމު ރައްޔިތުން އަންނަނީ މުއިއްޒު އަށް ފާޑު ކިޔަމުންނެވެ.
" ވަރެއްގެ ސަރުކާރެއް މި އޮތީ ގެނެވިފަ. ކޮންމެ މީހެއް މަގާމަކަށް ލިޔަސް މިނިސްޓަރު ފެންވަރުގަ ނޫނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ. އިބޫ ސަރުކާރުގަ މީހުން ގިނައޭ ބުނި އިރު 18000ރ ގެ މަގާމު ތަކުގަ މީހުން ތިބީ. މިހާރު މި ލަނީ މުޅިންވެސް 60000ރ އިން މަތީ މަގާމުތައް. އަދަދު ވެސް މާ މަތީގަ. އިބޫ ސަރުކާރުގަ މިޔާ ގާތަށް ވެސް ސްޓޭޓް މިނިސްޓަރުންނެއް ނެތް" އާއްމު ރައްޔިތަކު ސަރުކާރުގެ ނިންމުން ތަކަށް ފާޑު ކިޔަމުން ބުނެފައިވެއެވެ.