
އަވައްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން އެގައުމުން މަނާ ކުރުމާއި ގުޅިގެން ރާއްޖޭގެ މާރުކޭޓުގައި ފިޔާ އަގު އުފުލެން ފަށައިފިއެވެ.
ވިޔަފާރިވެރިން ބުނާ ގޮތުން ފިޔާ ކިލޯއެއްގެ އަގު މިހާރު 40 ރުފިޔާއަށް އަރާފައިވާ އިރު ކުރިއަށް ހުރި ދުވަސްތަކުގައި ފިޔާގެ އަގު އިތުރަށް އުފުލޭނެއެވެ. އަދި ބައެއް ރަށްތަކުން ފިޔާ ހުސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.,
ފިޔާގެ އަގު މައްޗަށް ދާއިރު ފިޔާގެ އަގު ކޮންޓްރޯލްކޮށް ރާއްޖޭގައި ފިޔާގެ ސްޓޮކް ބެލެހެއްޓުމާއި ފިޔާ ހޯދުމުގައި ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރެއެވެ.
އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެއާ އެކު ވިޔަފާރިކުރާ ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާ ރަސްމީކޮށް ހަވާލުމަށް ފަހު ވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމްކުރުން. އިންޝާ ﷲ އެކަން ކާމިޔާބުކުރާނީ ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާ އެކު،" ސައީދު ވިދާޅުވި އެވެ.
ޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެކެވެ.
އެކަމަކު، މިހާތަނަށް ޝިޕް ކޮށްފައިވާ އަދި ފައިސާ ދައްކައި ނިންމާފައިވާ ޝިޕްމަންޓުތަކުގެ އިތުރުން ފިޔާ ގަންނަން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.
އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.