ދޮގާއި މަކަރާއި ހީލަތުން ގޭންގުތަކުގެ ތާއިދާއި އެކު ރާއްޖޭގެ ވެރިކަމަށް ޑރ. މުއިއްޒު ވަޑައިގެންނެވި ފަހުން ކޮންމެ ދުވަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތޫނު އެއްޗެހި ބޭނުންކޮށް މާރާމާރީ ހިންގައި ވައްކަމާއި ފޭރެމުން އަންނަ ދުވަހެކެވެ.
އެގޮތުން އިއްޔެ ވަނީ އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރިގެންފައެވެ.
އިއްޔެ އެކަނިވެސް ހިތަދޫއިން ވަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ފިހާރަތަކަށް ވަދެ ފޭރުމުގެ ދެ ހާދިސާއެއް ހިނގާފައެވެ. މި ދެހާދިސާގައިވެސް ފިހާރައިގެ ސޭޓުންނަށް އެކި ވަރުގެ އަނިޔާވަނީ ވެފައެވެ. އިއްޔެ ހަވީރު ވަދެ ހަމަލާދިނީ ހިތަދޫ ފްރިކުއެންސީ ނަމަކަށް ކިޔާ ފިހާރައަކަށެވެ.
އައްޑޫގައި ފޭރުން އިތުރުވެފައިވާ އިރު އެސްއޯ ފުލުހުންގެ ބޮޑު ޓީމެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ރަށުތެރޭގައި އެއްވެސް އަމާންކަމެއް ނެތެވެ. ނުރައްކާތެރި ކުށްވެރިންނާއި, ފޭރޭ މީހުން ރަށުތެރޭގައި ބޭނުން ގޮތަކަށް ދަނީ އުޅެމުންނެވެ. އެމީހުން ކޮންޓްރޯލް ކުރުމަށް އިސްކަމެއްދޭ މަންޒަރެއް ނުފެންނަ ކަމަށް ބުނެ އާއްމުން އަންނަނީ ޝަކުވާ ކުރަމުންނެވެ.
ފާއިތުވި ފަސް އަހަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ފެނުނު އެންމެ އަމާން ފަސް އަހަރު ކަމަށް މިހާރު އާއްމުން އަންނަނީ ބުނަމުންނެވެ.