މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ އޮންނާނެ ގޮތުގެ ޑެމޯއެއް ދައްކާލައިފި

ޕޮކާންޑި, މުއިއްޒުގެ ސަރުކާރު ސިފަކޮށްދިން

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިހާބުކޮށްފިނަމަ ރާއްޖެ އޮންނާނެ ގޮތުގެ ޑެމޯތައް އޭނާގެ ސަޕޯޓަރުން ދައްކާލައިފިއެވެ.

މުއިއްޒުގެ ވެރިކަމަކީ މާލޭގެ މަގުތަކުގެ އަމާންކަން ގެއްލި ބޮޑު ބިރުވެރިކަމެއްގައި އޮންނާނެ ވެރިކަމެއް ކަމަށް އާއްމުން ބުނަމުން ދަނިކޮށް މިއަދު ވަނީ މީހުންނާއި މަގުމަތިން ބެހި ދިމާ ކުރަން ފަށާފައެެވެ.

އަހުމަދު އިބުރާހީމް (ޕޮކަންޑި) ކުރީގެ އޮޑީޓާ ޖެނެރަލް ނިޔާރު އިބްރާހީމާއި މަގުމަތިން ފޮށެނީ

އެގޮތުން މުއިއްޒުއަށް ތާއިދުކުރާ މަޝްހޫރު ޕޮކާންޑިމޭން ވަނީ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް އާއި މަގުމަތިން ދިމާކޮށްފައެވެ. ނިޔާޒު އާއި ދިމާކޮށްފައިވަނީ ދާދި ފަހުން މުއިއްޒު އާއި ޕީޕީއެމް އާއި ގުޅޭގޮތުން ނިޔާޒު މީޑިއާތަކަށް އިންޓަވިއު ދީފައިވަނިކޮށެވެ.

ނިޔާޒު އާއި ދިމާކޮށް ފުރައްސާރަކުރި ވީޑިއޯ ޕޮކާންޑި ވަނީ ސޯޝަލް މީޑިއްާއަށް ދޫކޮށްލާފައެވެ. އެ ވޯޑިއޯއަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ މިއީ މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ އޮންނާނެ ގޮތް ކަމަށް ބުނެފައެވެ.

މުއިއްޒު އާއި މުއިއްޒުގެ ރަނިންމޭޓު ސެމްބެއަށް ރާއްޖޭގެ އެންމެ ނުރައްކާތެރި ގޭންގުތަކުން އަންނަނީ ކެމްޕެއިން ކުރަމުންނެވެ.