
ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވިތާ 3 ހަފްތާ ވީއިރު ލ. މާބައިދޫ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
ސިޔާސީ މީހުން ފިޔަވައި އެހެން މުވައްޒަފުން ވަޒީފާއިން ވަކިނުކުރާނެކަމަށާއި, އެ މުވައްޒަފުންނަށް ކުރިއެރުން ދެއްވާނެކަމަށް ވިދާޅުވެ ދޮގާއި އޮޅުވާލުމުގެ ތެރެއިން ވެރިކަމަށްވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކުންފުނިތަކުގައި ތިބި އެތައް މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންނެވެ.
މާބައިދޫއިން ވާހަކަ ދެއްކި މީހަކު ބުނީ އެރަށު އައިސް ޕްލާންޓުގައި ތިބި 11 މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އައިސްޕްލާންޓު ހިންގަމުން އަންނަނީ ފެނަކައިންނެވެ.
މިހާތަނަށް ފެނަކައިން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.