
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް ކުއްލިގޮތަކަށް ޕާޓީން ވަކިވެއްޖެ އެވެ.
ރީހާން ޕާޓީން ވަކިވުމުން އެ ޕާޓީގެ ރޫހާނީ ލީޑަރު މުހައްމަދު ނަޝީދާއި ޕާޓީގެ އިންތިހާބީ ރައީސް ހަސަން ލަތީފަށް ލިބުނީ ކުއްލި ސިހުމެކެވެ.
ޑިމޮކްރެޓްސްއިން ވަކިވުމަށްފަހު ރީހާނު ވިދާޅުވީ ސިޔާސީ ހަރަކާތްތަކުން އޭނާ ދުރަށް ނުދާނެ ކަމަށެވެ.
ދާދިފަހުން ވަނީ އެ ޕާޓީގެ އިސް އަންހެން އެކްޓިވިސްޓް ޖަމްޝީދާ ވެސް ޕާޓީން ވެކިވެފައެވެ.ނިމިިދިޔަ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރީހާން އެ ޕާޓީގެ އަންހެން ނައިބު ރައީސް ކަމަށް ކުރިމަތިލެއްވިއެވެ. ނަމަވެސް އޭނާއަށް ކާމިޔާބެއް ނުލިބުނެއެވެ.
އެތެރޭގެ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.ޑިމޮކްރެޓްސްއަށް އެންމެ ބޮޑަށް ފަންޑުކުރާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ވަނީ އެތެރޭގެ އިންތިހާބު އިންސާފުވެރި ނޫން ކަމަށް ބުނެ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ.