
ހުޅުމާލޭގެ ހިޔާ ޓަވަރުގެ ފްލެޓެއްގެ ތެރޭގައި މީހަކަށް ރޭ ތޫނު އެއްޗަކުން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން މިރޭ ހަމަލާދީފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާއަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މިރޭ ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާއިރު، އައްޑޫގައި ސިލްސިލާ މާރާމާރީތަކެއް ހިންގަން ފެށުމުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް އައްޑޫގައި ފަށައިފަ އެވެ. އޭގެ ތެރެއިން އެއް މާރާމާރީގައި އެކަކު ވަރަށް ބޮޑަށް ވަނީ ޒަހަމްކޮށްލައިފަ އެވެ.