
ރ. މާކުރަތު ކޯޓުގެ އަންހެން މުވައްޒަފުންނަށް ސިހުރު ހަދައިގެން އެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކުރީގެ މެޖިސްޓްރޭޓް އަދުނާން ހުސައިން ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާން ނިންމައިފިއެވެ.
އަދުނާނު ވަނީ މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކެމްޕޭން ޕޯސްޓަރުތައް ހިއްސާކޮށްފައެވެ.
އަދުނާނުގެ މައްސަލަ ބެލުމަށްފަހު އެ މައްސަލަ ސާބިތުވާތީ، ފިޔަވަޅު އަޅަން އުޅެނިކޮށް އަދުނާނު ވަނީ މީގެކުރިން އިސްތިއުފާދީފައެވެ.އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި ސިޓީގައި ވަނީ އަދުނާން ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަނީ ވަޒީފާގެ ބިރުވެރިކަމާއި ސިހުރުގެ ބިރުވެރިކަން ދައްކައިގެން ކަމަށެވެ.
އޮފީހުގައި އަދުނާނު ބޭނުންކުރައްވާ ކޮމްޕިއުޓަރު ބޭނުންކޮށްގެން ކޯޓުގެ މުވައްޒަފަކަށް ފެންނަ ގޮތަށް އޮރިޔާން ވީޑިއޯ އެޅުވި މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.