ޓޫރިޒަމަ މިނިސްޓަރަށް ކޮންމެހެން އިނގިރޭސިން ވާހަކަ ދައްކަން އެނގޭކަށް ނުޖެހޭ: އަދުރޭ ސޯ

ޓޫރިޒަމް މިނިސްޓަރއަށް ކޮންމެހެން އިނގިރޭސިން ވާހަކަދައްކަން އެނގޭކަށް ނުޖެހޭކަމަށް ބުނެ އަދުރޭ ސޯ, އޭނާގެ ދަރިފުޅު އަދި ޓޫރިޒަމް މިނިސްޓަރ އިނގިރޭސި ސޯ ފައިސަލްގެ ދިފާއުގައި ތެދުވެއްޖެއެވެ.

އަދުރޭ ސޯ މިގޮތަށް ވިދާޅުވީ ފައިސަލްއަށް ފާޑު ކިއުން އަމާޒުވުމާއި ގުޅިގެންނެވެ.

 މުއިއްޒުގެ ސަރުކާރުގެ ކެބިނެޓު ބޭފުޅުންގެ ތެރެއިން އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން ދަނީ  އަދުރޭ ސޯގެ ދަރި ފައިސަލްއަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް ފައިސަލްއަކީ ކެބިނެޓުގައި އިންނެވި އެންމެ ނާގާބިލު މިނިސްޓަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޯޓިން އެސޯސިއޭޝަނުން ބޭއްވި ހަފްލާއެއްގައި ފައިސަލް ދެއްކެވި ވާހަކައާ އެކު، އޭނާގެ އެއްވެސް 'ފެންވަރެއް ނެތް' ކަމަށް ބުނެ، އިސްތިއުފާއަށް ވެސް ބައެއް މީހުން ގޮވި އެވެ. .