ފިއުސަޕްލައިގެ ޑީއެމްޑީއަކަށް މަޝްހޫރު ޑްރަގް ޑީލަރެއް

ފިއުލް ސަޕްލައި މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މުޅި ހުވަދޫއަށް މަޝްހޫރު ޑްރަގް ޑީލަރ ޝުއާއުالله ސައީދު އައްޔަންކޮށްފިއެވެ.

ޝުއާއުﷲ ވަނީ މަސްތުވާތަކެތި ގއ. ވިލިގިއްޔަށް “ކޮލަމާ” ބޯޓުން ގެންދަނިކޮށް ހައްޔަރުކޮށްފައެވެ. ޝުއާއުﷲ އަކީ ބޯޓުގެ ކެޕްޓަނެވެ. މަސްތުވާތަކެތި ބަހައްޓާފައިވަނީ ހަމަ އެކަނި ކެޕްޓަނަށް ވަދެވޭ ގޮތަށް ހުންނަ، ކެޕްޓަންގެ ރޫމުގައެވެ. އޭނާގެ ރޫމުން 20 ބްލެޓާއި، 3 ފޮށި ނައިޓް ރެޒީފަމް ފެނިފައިވެއެވެ.

ޝުއާއުﷲ އަކީ އެއްވެސް ތައުލީމެއް އުނގެނިގެން ހުންނެވި މީހެއް ނޫނެވެ. ނަމަވެސް ޕީޕީއެމް ކޮންމެ ސަރުކާރެއްގައިވެސް ވަޒީފާ ދޭ ފަރާތެކެވެ

ކިޔަވައިގެން ތިބި ތައުލީމީ ގާބިލް މީހުން ވަޒީފާތަކަށް ގެންނާނެކަމަށް ވައުދުވެ ރައީސް ކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުގެ މަތީފަޑިއަށް އައްޔަން ކުރަމުން އަންނަނީ މަސްތުވާ ތަކެތީގެ ވިޔަފާރިވެރިންނާއި ގޭންގު ލީޑަރުންނެވެ.