
ޓޫރިޒަމް މިނިސްޓަރ "ލޭޑީސް އެންޑް ޑެންޓަލްމޭން" އިބްރާހިމް ފައިސަލްގެ ދިފާއުގައި ސޯޝަލް މީޑިއާގައި މަސައްކަތް ކުރުމަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ރައީސް އޮފީހުން އަދުރޭ އަންގައިފިއެވެ.
އަދުރޭ މިގޮތަށް އެންގީ ބޯޓިން އެވޯޑު ހަފްލާގައި ފައިސަލް އިނގިރޭސިން ދެއްކި ވާހަކަ އާއި ގުޅިގެން އޭނާއަށް ފާޑުކިއުން އަމާޒުވުމާއި ގުޅުގެންނެވެ. އޭނާ ދިފާއު ކުރުމަށް ޕީޕީއެމް'ޕީއެންސީގެ އެކްޓިވިސްޓުން މިހާރު ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
، ބިސްމިއެއް، ހަމްދެއް ކިޔަން ނޭނގި، ޑެންޓަލްމަން އެއް ކިޔައި، ފައިސަލް ވާހަކަ ދެއްކީ ގްރޭޑް 1 ގެ ދަރިވަރުންވެސް ވާހަކަ ނުދައްކާހާ ދެރަވަރުކޮށެވެ. އަޑުއެހިހާ ބަޔަކު، މަލާމާތްކޮށް ނަގާނީއެވެ. މީހާ ހީވީ އެންޓާޓިކާގައި ހުސްގަޔާ ހުރީހެންނެވެ. ރޯމަހެއް ތެޅޭހެން ތެޅިތެޅި ހުރެ ދިން ސްޕީޗަކީ މިހާތަނަށް ވަޒީރަކު ސަރުކާރެއް ލަދުގަންނަވާލި އެންމެ ފެންވަރު ދެރަ ސްޕީޗެވެ. މިއާއި އެކު ކިޔަވައިގެން ތިބި އެތައް ދިވެހިން ދަނީ ފައިސަލް އާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ފައިސަލްގެ ވާހަކަ އާއި ގުޅިގެން ގައުމުގެ އަގު ނުވެއްޓުމަށާއި, ރާއްޖޭގެ އިގްތިސާދުގެ މައިބަދަކަމަށްވާ ޓޫރިޒަމް މިނިސްޓްރީގެ އަގު ނުވެއްޓުމަށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެެވެ. ތައުލިމީ ގާބިލް ސަރުކާރެއް އެކުލަވާލާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެންނަނީ އެއްވެސް ކޮލިޓީއެއްް ނެތް ވަޒީރުން މަގާމުތަކަށް ލައްވާފައި ތިބި ތަނެވެ.
ފައިސަލް ވަނީ މަގާމާއި ހަވާލުވި ދުވަހުން ފެށިގެންވެސް މިހާތަނަށް ފެންނަނީ އޭނާގެ އެއްވެސް ގާބިލްކަމެއް ނެތްތަނެވެ. އޭނާ ޕްރޮމޯޓު ކުރުމާއި އެކު މުޅި ސަރުކާރުވަނީ އޭނާގެ ޑިފެންސަށް ވެއްޓިފައެވެ.