މައްސަލަ ބޮޑުވެ، އެންމެފަހުން ޖަމްޝީދާ ވެސް ޑިމޮކްރެޓްސް އިން ވަކިވެއްޖެ

މައްސަލަ ބޮޑުވެ، އެންމެފަހުން ޖަމްޝީދާ ވެސް ޑިމޮކްރެޓްސް އިން ވަކިވެއްޖެ.

ނިމިދިޔަ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުކޮށް މައްސަލަ ޖެހިފައި ވަނިކޮށް، އެ ޕާޓީގެ އިސް އަންހެން މެމްބަރު ޖަމްޝީދާ ޕާޓީން ވަކިވެއްޖެއެވެ.

ޑިމިކްރެޓްސްއަށް ޖަނާ މާލުން ގުރުބާން ވަމުން ދިޔަ ޖަމްޝީދާ އެ ޕާޓީން ވަކިވުމަށްފަހު ބުނީ އޭނާ އެ ޕާޓީއާ ގުޅުނީ ވަރަށް ފޮނި އުންމީދުތަކަކާއެކު ކަމަށެވެ. ނަމަވެސް ޕާޓީގެ އެތެރޭގެ ކަންތައްތައް ހިނގަނީ ހީކުރިގޮތާ މުޅިން ޚިލާފަށް ކަަމަށް ޖަމްޝީދާ ބުންޏެވެ.ޖަމްޝީދާ ބުނީ އެ ޕާޓީން ފެނިގެންދިޔައީ އާ މީހުންނަށް ފުރުސަތު ނެތްކަމާއި ރައީސް ނަޝީދު އެމްޑީޕީގެ މުގުލުގައި ހުރިއިރު، ކަންކުރި ގޮތް ކަމަށެވެ.”އުންމީދެއް މިސްރާބެއް ނެތް މަންޒިލެއްގައި ކަޑަޖަހައިގެން ”ވަކި ހިޔަންޏަކަށް މުޑި ނަގައިގެން“ (ހަޔާތް) ބިނާ ކުރާނެ މީހަކަށް ނުވުމުން މިއަދުން ފެށިގެން ދަ ޑިމޮކްރެޓްސް ޕާޓީން ވަކިވުމަށް ނިންމައިފީއެވ.

" ޖަމްޝީދާ ބުންޏެވެ.ގިނަ ބަޔަކު އަންނަނީ ޑޮމޮކްރެޓްސް ހިންގާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ޕާޓީން ވަކިވަމުންނެވެ. އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު އިންސާފުވެރި ނޫން ކަމަށް ފާހަގަކޮށް ބޮޑެތި ކަންބޮޑުވުންތަކެއް ބަންޑުންކޮށްލާފައެވެ.

ރައީސް ނަޝީދު ވެސް މިހާރު އެ ޕާޓީގެ ކަންކަމުގައި މާބޮޑަށް ނޫޅެއެވެ