ހޯމް މިނިސްޓްރީގެ ނައިބް އަމާނީގެ ބަރަހަނާ ފޮޓޯތަކެއް ލީކުވެއްޖެ, ތުހުމަތު އަދުރޭއަށް

ޑރ. މުއިއްޒުގެ ސަރުކާރުގެ ހޯމްލޭންޑު ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބް އަމާނީ މުހައްމަދުގެ ބަރަހަނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށް ތުހުމަތު ރައީސް މުއިއްޒުގެ އެޑްވައިޒަރ އަދުރޭއަށް ކުރަން ފަށައިފިއެވެ.

އެކްސްގައި ލީކުކޮށްފައިވާ ފޮޓޯ އައި ބެހޭގޮތުން އަދުރޭއަށް ދަނީ ތުހުމަތު ކުރަމުންނެވެ. އަދުރޭ ވަނީ އަމާނީއަށް ސިޔާސީ މަގާމެއް ދޭނެކަމަށް ބުނެ އޭނާ އާއި ގުޅުން ބާއްވާފައިކަމަށްވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ތައުލީމީ ގާބިލް ސަރުކާރެއް އެކުލަވާލާނެކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރަނީ ސިޔާސީ އެކްޓިވިސްޓުންނެވެ..

އަމާނީ މަގާމުން ވަކި ކުރުމަށް އާއްމުން ދަނީ އަޑު އުފުލަމުންނެވެ.