ގޭންގު މާރާމާރީ ހުއްޓުވައި މާލެތެރެ އަމާންކޮށް އޮތްވައި, މުއިއްޒު ވެެރިކަމުގެ ހަވާލުވެ ފުލުހުންގެ ބާރު ކަނޑުވާލުމާއި އެކު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭންގު މާރާމާރީ އިތުރުވެ އާއްމުން ބިރުވެރިކަމަށް ގޮސްފިއެވެ.
ނޮވެމްބަރ 17 ވަނަ ދުވަހު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު މިވީ ދެ ހަފްތާގައި މާލެ އާއި އަތޮޅުތަކުގައި މި ވަނީ ގޭންގުން މަގުތަކަށް ނިކުމެ އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދޭން ފަށާފައެވެ. މާލޭގައި ކޮންމެ ދުވަހަކު ދެތިން ހަތަރު މަރާމާރީ ހިންގަމުން އަންނަ އިރު ރޭ ވަނީ އައްޑޫގައި ގޭންގު ފައިޓެއްގައި މީހަކު ސީރިއަސް ހާލަތަށް ގެންގޮސްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެށިފައިވާ މާރާމާރީ މަތަކުރުމަށް ފުލުހުން މަސައްކަތް ކުރާ އިރު ފުލުހުންގެ ތެރެއިން އެތައް ބަޔަކު ވަނީ މަސައްކަތުން އެކަހެރިކޮށްފައެވެ.
ކުރުސީއަށް މައުލޫމާތުދިން ފުލުހަކު ބުނީ މިހާރު ފުލުހުންގެ އިސް މަގާމުތަކުގައި ތިބީ ގޭންގުތަކުން ބޭނުންވާ މީހުންނެވެ. އަދި ގޭންގުތަކުން ބޭނުންވި މީހުން މަސައްކަތުން އެކަހެރިކޮށްފައި ތިބިކަމަށެވެ. މިކަމާއި ފުލުހުންގެ އެތެރެ އޮތީ ވަރަށް ހާޑުވެފައިކަމަށް މައުލޫމާތު ދިން ފުލުސް މީހާ ބުންޏެވެ.
މުއިއްޒު އާއި ސެމްބެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރީ ގޭންގު ލީޑަރުންގެ އެހީ އާއި އެކުއެވެ. އެގޮތުން ނައިބް ރައީސް ސެމްބެއަކީ ގޭންގުތަކުގެ އިސް ވެރިޔާއެވެ. ސެމްބެ މަގާމުގެ ހުވާ ކުރުމާއި އެކު ގޭންގު ލީޑަރުންނަށް މިވަނީ އީދެއް އައިސްފައެވެ. ފޭރުމާއި ވައްކަމާއި ވަޅި ޖެހުން މިވަނީ އާއްމުވެ ގައުމު ހަލަބޮލިވެފައެވެ.
މިއީ ދިވެހީންގެ ރާއްޖެއެވެ.