ޔޫއޭއީގައި މިހާރު ކުރިއަށްދާ ތިމާވެއްޓާގުޅޭ ބައިނަލްއަގުވާމީ ސަމިޓު ކޮޕް-28 ގައި ޑރ. މުއިއްޒު ދެއްވި ތަގްރީރަކީ ޗެޓްޖީޕީޓީއިން ގެނެރޭޓުކޮށްފައިވާ ލިއުމެއްކަން ހާމަވެއްޖެއެވެ.
ކުރުސީގެ ޓެކްނިކަލް ޓީމަކުން ބެލި ބެލުމުން މުއިއްޒު ދެއްވި ތަގްރީރަކީ ޗެޓްޖީޕީޓީއިން ލިޔުއްވުމަށްފަހު, އިތުރު އެޕެއް ބޭނުންކޮށްގެން މޮޑިފައިކޮށްފައިވާ ލިއުމެކެވެ. މި ތަގްރީރު މުއިއްޒު ދެއްވި އިރު ހީވަނީ ރޮބަޓަކު މުއިއްޒުގެ އަޑުން ވާހަކަ ދައްކާހެންނެވެ.
ރައީސް އޮފީހުންވެސް ވަނީ މި ލިޔުމަކީ ޗެޓްޖީޕީޓީއިން ލިއުއްވި ލިއުމެއްކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ މުއިއްޒު ސްޕީޗެއް ދޭން ޖެހޭކަން އެނގުނީ ވަރަށް ވަގުރު ކުޑަތަންވެފައި ވަނިކޮށް ކަމަށާއި, އެވަގުތުން ފެށިގެން ހަލީލުގެ އިރުޝާދުގެ ދަށުން ލިއުން ތައްޔާރު ކުރީ އަބާން ކަމަށެވެ.
މުއިއްޒުގެ ތަގްރީރަށް ބައެއް ފަރާތްތަކުން ފާޑު ކިޔާއިރު ރައީސް އޮފީހަށްލާފައިވަނީ ނާގާބިލް މީހުންކަމަށްވެސް ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރާ މުވައްޒަފުން ބުނެއެވެ. ރަައިސް އޮފީސް މިހާރު ހިންގަނީ އަދުރޭއެވެ.