ގޭންގުތަކަށް ބާރުލިބި މާލެތެރޭގެ ގޭންގު މާރާމާރީތައް ފެށިއްޖެ

ރިޔާސީ އިންތިހާބުގައި މާލޭހެ ގޭންގުތަކާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ގޭންގުތަކަށް ބާރު ލިބި މާލޭގައި ގޭންގު މާރާމާރީތައް އަލުން ފެށިއްޖެއެވެ.

ރައީސް ސޯލިހުގެ ފަސް އަހަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި އޮތް މާލޭގެ ގޭންގުތައް އަލުން އެކްޓިވް ވެފައިވަނީ ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުލުހުންގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލު ގެނެސްފައި ވަނިކޮށެވެ. ފުލުހުންގެ އިންޓެލް ޑިޕާޓްމަންޓާއި އިންވެސްޓިގޭޝަން ވެރިން ވަނީ ބަދަލުކޮށްފައެވެ. އަދި ޕޮލިސް ކޮމިޝަނާ މަގާމަށް މީހަކު އައްޔަން ކޮށްފައި ނުވެއެވެ.

ފާއިތުވި ތިން ރޭވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ތިން މާރާމާރީ ހިންގާފައެވެ. އެގޮތުން އިއްޔެ ހަވީރު ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ކެފޭ ކުރިމަތީގައިވެސް ވަނީ ގޭންގު މާރާމާރީއެއް ހިނގާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާރު މާލެތެރޭގައި ފެށިގެން އުޅޭ ސިލްސިލާ މާރާމާރީއަކީ ކުރިއަށް އތް އަހަރު ބާއްވާ މަޖްލިސް އިންތިހާބުގެ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން މަޖްލިސްއަށް ނިކުންނަ ގޭންގުން ސްޕޮންސާ ކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ފެށިފައިވާ ގޭންގު މާރާމާރީތަކެވެ.

އަންނަ މަޖްލިސް އިންތިހާބަށް ރާއްޖޭގެ މަޝްހޫރު ގޭންގުތަކަށް ނިސްބަތްވާ 17 ކެންޑިޑޭޓުން ނެރުމަށް ވަނީ ނިންމާފައެވެ. މި ކެންޑިޑޭޓުންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ޒުވާން ކިޔަވައިގެން ތިބި މީހުންނެވެ. މި މީހުންނަކީ ގޭންގުތަކުން ކޮންޓްރޯލް ކުރާ މީހުންނެވެ..

ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 18 އަހަރާއި 22 އަހަރާ އަދި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި މާރާމާރިއާ ގުޅިގެން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ތިއްބެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންނަށް ފިލަން ވެސް ދެ މީހަކު މަސައްކަތް ކުރެ އެވެ.

އެ ދެ މީހުން ފިލަންވެގެން ސައިކަލެއްގައި ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް، އެ މީހުންގެ ކުރިމަތިން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި ބިން މައްޗަށް ވެއްޓެވެ. އަދި އެ ދެމީހުން ތެދުވެ ދުއްވައި ގަންނަނިކޮށް އެތަނުން އެކަކު ފުލުހުން ހިފަހައްޓަ އެވެ. ދެވަނަ މީހާ ހިފަހައްޓަން ފުލުހުން ދުވާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.