
ރާއްޖޭގެ މަޝްހޫރު ގޭންގު ލީޑރަ ހެރިންސް އައްމަޑޭ މޯލްޑިވްސް ފަންޑު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސައިފިއެވެ.
ދިވެހިންނަށް އިތުރު ތައާރަފަކަށް ބޭނުންނުވާ ހެރިންސް އައްމަޑޭ އަކީ ރާއްޖޭގެ ޑްރަގް ނެޓްވޯކުގެ އެންމެ އިސް އެއްފަރާތެވެ. އަދި މާރާމާރީ ހިންގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މީހުންނަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ކުށުގެ ރެކޯޑު ކުރިން އެޮތް ފަރާތެވެ.
ހެރިންސް އައްމަޑޭއަށް ފަންޑު ކޯޕަރެޝަންގެ އެމްޑީކަން ދިނުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ތައުލީމީ ގާބިލް މީހުންނަށް ސަރުކާރުގެ އިސް މަގާމު ދެއްވާނެކަމަށް ވައުދުވި މުއިއްޒުގެ ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކޮށްފައިވާ ގިނަ މީހުންނަކީ ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ބައެއް ނޫންކަމަަށް އާއްމުން އަންނަނީ ބުނަމުންނެވެ.
އައްމަޑޭ ފަންޑު ކޯޕަރޭޝަންގެ އެމްޑީކަން ދިނުމުން ސޯޝަލް މީޑިއާގައިވެސް އަންނަނީ ފާޑު ކިޔަމުންނެވެ.
މި ސަރުކާރަކީ ގޭންގު ކޮންޓްރޯލް ސަރުކާރެއްކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު މީގެ ކުރިންވެސް ދިޔައީ ބުނަމުންނެވެ. މިހާރު އެމްނަޒަރު މިހިރަ ދަނީ ފެންނަމުންނެވެ.