100 ދުވަހުގެ ތެރޭ ޕީއެންސީގެ މެމްބަރޝިޕް 500000އަށް އަރާނެ: އަދުރޭ

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނިމޭއިރު ޕީއެންސީގެ މެމްބަރުން 500000 އަށް އަރާނެކަމަށް ޕީއެންސީގެ ޗެއާމަން އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރ އަބްދުއް ރަހީމް, އަދުރޭ ބުނެފިއެވެ.

ޕީއެންސީ އާއި އަލަށް ގުޅުނު ބައެއްގެ ފޯމުތަކާއި ހަވާލުވުމަށް ފަހު އަދުރޭ ބުނީ މިހާރުވެސް ޑރ. މުއިއްޒު ހުވާކުރެއްވި ތާ ހަފްތާއެއްވީ އިރު 10,000 މީހުން ޕީއެންސީ އާއި ގުޅިފައިވާ ކަމަށެވެ.

"ތިބޭފުޅުން ހިސާބު ޖައްސަވާ 100x 10000, އެއީ ފަސްލައްކަ ނޫންތޯ, އަޅުގަނޑުމެން ޕާޓީގެ މެމްބަރޝިޕް ފަސްލައްކައަށް އަރުވާލާފައި ނިންމާލާނީ"

އަދުރޭ އަކީ ސިޔާސީ ހިސާބު އިލްމުވެރިއެކެވެ. އޭނާގެ ހިސާބުތަކަކީ ވަރަށް އާދަޔާ ހިލާފު ހިސާބުތަކެވެ.

އަދުރޭ ބުނާ ގޮތުން ޕީޕީއެމްގެ މެމްބަރުންވެސް ސޮއި ކުރާނީ ޕީއެންސީ އަށެވެ. އަދި ޕީއެންސީ ވާނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށެވެ.