މުއިއްޒުއަށް ވޯޓުދިން ފުވައްމުލަކު ވެމްކޯގެ 59 މުވައްޒަފަކު ވަކި ކުރަން ނޯޓިސް ދީފި

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒުއަށް ވޯޓު ދިން އަދި ކެމްޕެއިންގައި ހަރަކާތްތެރިވި ފުވައްމުލަކު ވެމްކޯގެ 59 މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ނޯޓިސްދީފިއެވެ.

މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުވައްމުލަކު ވެމްކޯގެ 59 މުވައްޒަފަކު ވަޒީފާއިން ވަކި ކުރާ އިރު ބައެއް ރަށްރަށުގެ ފެނަކައިންވެސް އަންނަނީ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންނެވެ. ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައިވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައިވާ ކަމަށް ބުނެފައެވެ. 5

މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން ފިޔަވައި އެހެން މުވައްޒަފުން މަގާމުން ވަކި ނުކުރާނެކަމަށް ވިދާޅުވެފައެވެ.